އަމިއްލަ ބިލްޑިން ކޯޑުތައް ހެދުމުގެ ބާރު ކައުންސިލްތަކަށް ނޯންނާނެ: ކޮންސްޓްރަކްޝަން މިނިސްޓަރ
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރ މިޕޯސްޓް ކުރެއްވީ، މާލެ އަތޮޅު މާފުށީ ކައުންސިލުން، ކ. މާފުށީގައި ބިލްޑިން ކޯޑެއް އެކުލަވާލުމަށް ބޭނުންވާކަން ހާމަކޮށް އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން މިނިސްޓަރުގެ ސަމާލުކަމަށް އެކަން ގެންނެވުމާއި ގުޅިގެންނެވެ.